Media cover image

30-08-2024

ޕެންޝަން އޮފީހުން ޤައުމީ މާމަ ކާފަ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އޯގަސްޓް 30 ވަނަ ދުވަހު ށ. ފުނަދޫގައި އާއިލީ ހަވީރެއް ބާއްވައިފިއެވެ. މި ހަވީރުގެ މައިގަނޑު އަމާޒަކީ މާމަކާފައިންންގެ އަގުވަޒަންކޮށް އާއިލާތަކަށް އެމީހުންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

މި އާއިލީ ހަވީރުގައި އެކި މުއައްސަސާތަކުން ވަނީ ހުރިހާ އުމުރުފުރައެއްގެ މިހުންނާ ގުޅޭ ތަފާތު ހަރަކާތްތަކާއެކު ސްޓޯލްތަކެއް ތައްޔާޜުކޮށްފައެވެ. އެގޮތުން ޕެންޝަން އޮފީހުން ސްޓޯލް ހަރަކާތްތައް ބައްޓަންކޮށްފައިވަނީ އުފާވެރި މާހައުލެއްގައި މާމަކާފައިންނާ އާއިލާތަކަށް ވަގުތު ހޭދަކޮށް މުހިންމު މަޢުލޫމާތުތައްވެސް ލިބިގެންދާނެ ގޮތަށެވެ. ޕެންޝަން އޮފީހުގެ ސްޓޯލްގައި ކުރިއަށް ދިޔަ ހަރަކާތްތަކުގެ ތެރޭގައި ފޮޓޯ ސްޓޭޝަން، ޕެންޝަން ކުއިޒް އަދި ޑިޖިޓަލް ލިޓްރަސީ ރިލޭއެއް ހިމެނުނެވެ. މީގެ އިތުރުން ޕެންޝަނާ ބެހޭ މައުލޫމާތުވެސް ސްޓޯލްގައި ދީފައިވެއެވެ.

މި އިވެންޓަކީ ޕެންޝަން އޮފީސް، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް، ށ. އަތޮޅު ކައުންސިލް އަދި ށ. ފުނަދޫ ކައުންސިލް ގުޅިގެން މާމައިންނާއި ކާފައިން އާއިލާތަކަށާއި ޤައުމަށް ކޮށްދީފައިވާ ޚިދުމަތުގެ އަގުވަޒަންކޮށް އެމީހުންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދެވުނު ހަރަކާތެކެވެ. 

އޮފީހުގެ އެޑްރެސް

އެލައިޑް ބިލްޑިންގ (8ވަނަ ފަންގިފިލާ), ޗާނދަނީ މަގު, މާލެ, 20156, ދިވެހިރާއްޖެ

ގުޅުއްވާ

ގުޅުއްވުމަށް1441އީމެއިލްinfo@pension.gov.mvރިސެޕްޝަން ޚިދުމަތްތައް : 08:00 - 14:00
އެހެނިހެން ޚިދުމަތްތައް: 08:00 - 16:00

ޕެންޝަން މޯބައިލް އެޕް

Download on App StoreGet it on Play Store